logo

ވަޒީފާއިން ވަކިކުރާ މީހުންގެ ތެރޭގައި ގިނައީ އެމްޑީޕިއަށް ނިސްބަތްވާ މީހުންނާއި އެ ޕާޓީއަށް ތާއީދުކުރާ މީހުން: ފައްޔާޒު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކުރަން މިހާރު ފަށައިފައިވާއިރު، ވަޒީފާއިން ވަކިކުރާ މީހުންގެ ތެރޭގައި ގިނައީ އެމްޑީޕިއަށް ނިސްބަތްވާ މީހުންނާއި އެ ޕާޓީއަށް ތާއީދުކުރާ މީހުން ކަަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 14،733 މުވައްޒަފުން ކަނޑާލަން ނިންމާފައިވާ ކަމަށާއި، އޭގެ އަސަރު 50،000 އަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށެވެ.

މީގެ ކުރިން މުވައްޒަފުން ވަކި ކުރުމައި ގުޅޭ ގޮތުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ 33 ޕަސެންޓު މުވައްޒަފުން މަދުކުރަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތެއް ކަމަށެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ 33 އިންސައްތަ މުވައްޒަފުން ވަކިކުރާ ވާހަކަ ދައްކަމުން އަންނައިރު، ހިސާބު ނަންބަރުތަކުން ބަލާ ނަމަ އެއީ 14،733 މުވައްޒަފުން ކަމަށެވެ. އެ މީހުން ވަޒީފާ އިން ވަކިކޮށް މަގުމަތި ކޮށްލާއިރު، އެއީ ކިތައް މީހުން ބަރޯސާވާ އާމްދަނީ ހޯދަމުން އަންނަ މީހުންތޯ ބަލާލަން ޖެހޭ ކަމަށެވެ.

ޕީސީބީ އިން މިހާރު ބުނަނީ ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރާ ވާހަކަ ކަމަށާއި، އޭގެ މާނަ އަކީ ސަރުކާރުގެ ކުންފުނިތައް ގޯސް ދިމާލެއްގައި އޮތުން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ad