logo

ހުޅުމާލޭގަ އަނެއްކާ އެކްސިޑެންޓެއް، ސައިކަލުން ޖެހުނު މީހާ ފިލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއްގައި ޖެހި އެކްސިޑެންޓް އެއް ހިނގައިފިއެވެ.

ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގަިއ ބުނީ ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ހެނދުނު 8:03 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، ނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުން ޖެހުނު މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ ފޭސް 2 ގައި މިދިޔަ ހޮނިހިރު ދުވަހުވެސް ވަނި ނުރައްކާތެރި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވެ ފަރުވާދެމުންދަނިކޮށް ނިޔާވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރީގައެވެ. މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ad