ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތް ބަލައިގަނެ، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ މަސްވެރިއާ އެވޯޑަށް ކުރިމަތި ލުމަށް ހުޅުވާލާއިފިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފައިވާއިރު، މަސްވެރިންގެ ދުވަހު ހޮވާ ކެޔޮޅުންގެ އެވޯޑާއި ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑާއި އަންހެން މަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތާއި ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދިނުމަށް ކަނޑައަޅާފައިވާ އެވޯޑުތަކަކީ:
1- މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
2- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)
3- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު
އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތުތައް ފުރިހަމަވާ ފަރާތްތައް ފޯމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.


