ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ޑިސްކަވަ ބަބުލް" ފީނުމުގެ ހަރަކާތުގައި ބައިވެރިވުމަށް ހުުވާލައިފިއެވެ.
މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި، ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ފެސްޓިވަލް ކުރިއަށްދާނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރ ބަބުލް" ގެ ނަމުގައި ފީނުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މިއީ ފީނައިގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ. މި ހަރަކާތުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތުގައި ބައިވެރިވެވޭނީ 10 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ. ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 50 ކުދިންނަށެވެ.
މި ހަރަކާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށް ވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެދެމެވެ.
މި ހަރަކާތް ކުރިއަށްދާއިރު ކޮންމެ ކުއްޖަކާއެކު އެއް ބެލެނިވެރިއަކު ހުންނަންވާނެ ކަމަށާއި، އަދި ބައިވެރިވުމުގެ އިޤުރާރު ގައި ބެލެނިވެރިޔާ ސޮއިކުރަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

.jpg&w=256&q=75)
.jpg&w=3840&q=75)