-
-
logo

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައިސް މޮންޓެނީގްރޯއަށް ފުރާވަޑައިގަންނަވައިފި

މުސްލިމާ ޙަސަން
އަހަރެއް ކުރިން
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައިސް މޮންޓެނީގްރޯއަށް ފުރާވަޑައިގަންނަވައިފި

ނައިބު ރައިސް މޮންޓެނީގްރޯއަށް ފުރާވަޑައިގަތުން/ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް، މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ، ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހު 24 އަދި 26 އަށް ކަމަށް ރައިސް އޮފީހުން ވަނީ ހާމަ ކޮށްފައެވެ.

ނައިބު ރައިސްގެ މި ދަތުރުފުޅަކީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް މިސްޓަރ އަލެކްސާ ބެސިކްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި ކޮންގްރެސްގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަންވެސް ވަނީ ހަމަޖެހިފަ ކަމަށެވެ.

ދިވެހި ރާއްޖެއާއި މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވާތާ މި ވަނީ 14 އަހަރުވެފައެވެ. އެގޮތުން އެގުޅުން ގާއިމް ކޮށްފައިވަނީ 24 ނޮވެންބަރު 2009 ގައި ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ad