logo

ފާއިތުވި 48 ގަޑިއިރުތެރޭ 68 ހޮޓްސްޕޮޓްސް ވަނީ ފާހަގަ ކުރެވިފަ: ފުލުހުން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ފާއިތުވި 48 ގަޑިއިރުގެ ތެރޭ ހޮޓްސްޕޮޓްގެ ގޮތުގަ 68 އިންޓަރެކްޝަން ހަދާފަވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 364 ފަހަރު ބަލައިފާސްކޮށް، 68 އިންޓަރެކްޝަން ހަދާފައިވާ ކަމަށެވެ.

އަދި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 8 އުޅަނދެއް ޗެކްކޮށްފައިވާއިރު 5 އުޅަނދު ޓޯވކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފުޓް ޕެޓްރޯލްކޮށް ބަލަހައްޓާފައިވާ ކަމަށާއި، އެގޮތުން ޖުމްލަ 5 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައިވާ ކަމަށެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ފުލުހުން ދަނީ ހިންގަމުންނެވެ. މާލޭ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް މަސައްކަތްތައްކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބެނެފައިވެއެވެ.

ad