logo

އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް ރައީސް ނަޝިދު ގޮވާލައއްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާގ އެމަނިކުފާނުގެ ކެބިނެޓްގެ މައްޗަށް އިތުބާރު ގެއްލިއްޖެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް ގެއްލިފައިވާތީ އިންތިގާލީ ސަރުކާރެއް މިވަގުތު ގާއިމް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފިއެވެ.

މިއަދު ރައީސުލްޖުމްހޫއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ގިނަ ވަޒީރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެގޮތުން ކެބިނެޓްގެ 10 ވަޒީރަކު އިސްތިއުފާ ދެއްވިއެވެ. ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދަޑިވަޅު މެދުއިރުމަތީގެ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ ކަމަށާއި، އިގްތިސާދު ބޮޑު ލޮޅުމަކަށް އަރާނެ ކަމަށެވެ.

އެހެންކަމުން ބޭނުންޖެހިފައިވާ އިގްތިސާދީ އޮނިގަނޑު އިސްލާހުތައް ގެނައުމަށާއި، މިނިވަން އިންސާފްވެރި އިންތިހާބެއް ރާވާ ހިންގުމަށް ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ގޮވާލާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ވަޒީރުންގެ އިސްތިއުފާ އަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށެ.

މި ބަދަލުތައް ކައުންސިލް އައިސްފައިވަނީ 4 އެޕްރީލްގަ ކުރިއަށް ދިޔަ އިންތިހާބަށްފަހު ޕިއެންސީ އަށް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމާއި ގުޅިގެން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ad