މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮމެޓީއެއް ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހިނާ ވަލީދު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ 28 ފެބްރުއެރީ ގައި ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވައިފައިވާ ކަމަށެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
1. ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
2. ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން
3. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
4. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު
5. ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން
6. ހޯމް މިނިސްޓަރ ޢަލީ އިޙްސާން
7. ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް
8. ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު
9. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އެ ކޮމެޓީގައި ހިމެނި ވަޑައިގެންނަވަނީ އެކި ވުޒާރާތަކުގެ ވަޒީރުން ކަމަށްވުމާއި އެކު އެ ވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުންދާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

