ފޯކަައިދޫ ޕޮލިސް ސްޓޭޝަން އިންޗާޖުގެ ސައިކަލުގައި ރޭ ރޯކޮށްލާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުރި ސައިކަލުގައި ރޯކޮށްލާފައިވާކަން ރޭ 10:30 ހާއިރުއެވެ. ބޭނުން ނުކުރެވޭވަރަށް އެ ސައިކަލު އަނދާފައިވާއިރު އެ ގޭގެ ގޭޓަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސައިކަލުގައި ރޯކޮށްލި ސަބަބު އަދި ސާފުނުވާއިރު ފުލުހުން ގެންދަނީ މައްސަލަ ބަލަމުންކަމަށް ވަނީ ބުނެފައެވެ.


