މާލެ ސިޓީގައި ބޮޑު ޖަމާއަތުގައި ހަތަރު ސަރަހައްދެއްގައި އަދި 25 މިސްކިތެއްގައި އީދު ނަމާދުކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ފިތުރު އީދު ނަމާދު ކުރާ މިސްކިތްތަކާއި މައިދާންތަކުގެ ލިސްޓު އާންމުކޮށްފައެވެ. އީދު ނަމާދު އޮންނާނީ ހެނދުނު 7:00 ގައެވެ. މީގެކުރިން ރާއްޖޭގައި އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައެވެ.
އީދު ނަމާދު ކުރާ މައިދާންތައް:
މާފަންނު ސްޓޭޑިއަމް
ވިލިމާލެ ފުޓްބޯޅަ ދަނޑު
ހުޅުމާލެ 1 ސިންތެޓިކް ޓްރެކް
ހުޅުމާލެ 2 މަސްޖިދު ހަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް އޮންނަ ހުސްބިމުގައި
މީގެއިތުރުން މާލޭގެ 17 މިސްކިތަކާއި ވިލިމާލޭގެ އެއް މިސްކިތުގައި އާއި ހުޅުމާލެ 1 ގެ ފަސް މިސްކިތަކާއި ހުޅުމާލެ 2 ގެ ދެ މިސްކިތުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
ބޮޑު ޖަމާޢަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި ފިތުރު ޢީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު، ޖުމްލަ 25 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދުކުރެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު ޢީދު ދިމާވަނީ މި މަހުގެ 20ވާ ހުކުރު ދުވަހާއެވެ.

