ތަފާތު ރަށްތަކަށް ޕިކްނުކްދާން ބޭނުންވާ މީހުން ރެހާ ބީޗަށް ދާން ހާދަ ހިތްގައިމުވާނެއޭ އަހަރެން ހިތަށް އެރީ ގެމަނފުށީ މުހައްމަދު ފޭސްބުކަށް ދޫކޮށްލި ނަލަނަލަ ފޮޓޯތަކުންނެވެ. މަޑުމަޑުން މި ފޮޓޯތައް ބަލަމުން އަހަރެންގެ ގަލަން ހިންގާލީ ރީތި ރެހާ ބީޗްގެ ނަލަ ގޮޑުދޮށުން ދޮންވެލި ތުޑިއަށް ބިއްސާލާ ރާޅުގެ ހިތްގައިމު މިއުޒިކްގެ އަޑު ކަންފަތަށް އިހްސާސް ކުރަމުންނެވެ.
މާދުރުގަ މާލޭގަ ހުއްޓަސް އެ ފޮޓޯތަކުން އެ މަންޒަރުތައް ހިތައް ގެނެވޭފަދައެވެ.
ރެހާ ބީޗް" ގެމަނަފުއްޓަށާއި، ކައިރި ރަށްތަކަށް އުފާވެރިކަން /ފޮޓޯ: ރެހާ ބީޗް ވައިބާ ކޮމިއުނިޓީ"
ރެހާބީޗް އެހާ ހިތްގައިމުވީ ކީއްވެ؟
ރާއްޖޭގެ އެންމެ ޙާއްސަ ރީތި ސަރަހައްދުގެ ގޮތުގައި ގެމަނަފުއްޓާއި ޖެހިގެން ވަށައިގެންވާ ފަޅު ރަށްތައް ނުހަނު ގިނަ ވެފަ ޗާލު ވެފަ ހިތްގައިމެވެ. އެރަށާއި، އިންވެގެން ވަށައިގެންވާ ކޮންމެ ފަޅު ރަށަކީވެސް ހިތްގައިމު މޫދާއި ވިލާއި ފަޅާ ގުޅިފައިވާ ޗާލު ބީޗްތަކެއް އެކުލެވޭ ރަށްތަކެއްވެސް މެއެވެ.
ރެހާ ބީޗް އަށް ދަތުރު ދިޔަ ބަޔަކު/ފޮޓޯ: ރެހާ ބީޗް ވައިބާ ކޮމިއުނިޓީ
'ރެހާ ބީޗު" ން ޗާލުކަން ގެނައި، މޯޑް ބުނީ މިފަހަރު އެބީޗާއި، އެ ރަށް ވެސް ތަފާތު ވާނެ ކަމަށެވެ. ހުވަދޫ އައްޑޫ ފުވައްމުލަކުގެ ގިނަބަޔަކު ދަންނަ ގެމަނަފުށީ އިޖްތިމާއީ ހިދުމަތްތެރިއާ މުހައްމަދާއި، އޭނާގެ ޓީމްގެ ހިތްވަރު ބަލާލަމާ ހިނގާ ހެއްޔެވެ. މިއީ ރެހާ ބީޗް ގެ އަސްލު މޭސްތިންގެ ވާހަކައެވެ. އެމީހުން ކުރި މަސައްކަތުން މިއަދު އެބީޗްގެ ނަލަކަން ބަލާލުމަކި ވަރަށް ބޮޑަށް ލިބޭ އުފަލަކަށް ވަނީ އެތައްބަޔަކަށް ވަނީ ވެފައެވެ.
އެ ރަށު ކައުންސިލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ މުހައްމަދު ދަންނަ މީހުން ގިނައީ ވެސް އެހެންވެއެވެ. އޭނާ ރަށް ގެމަނަފުއްޓަށް އޭނާ ކޮށްދޭ މަސައްކަތްތައް ބަލާލި ލޮލަކުން ހަމަ އަންތަރީސްވާތީއެވެ.
ރެހާ ބީޗް އަށް ދަތުރު ދިޔަ ބަޔަކު, /ފޮޓޯ: ރެހާ ބީޗް ވައިބާ ކޮމިއުނިޓީ
މުހަައްމަދު ގެމަނަފުށީ ހުރެގެން އޭނާގެ ނަޒަރު ހިންގާލީ ކައިރީގައިވާ އެ ރީތި ނަލަނަލަ ރަށްތަކުގެ ތެރެއިން ގެމަނަފުއްޓާއި ޖެހިގެން އޮތް ރެހާ އަށެވެ. އެއީ ކުޑަ ފަޅުރަށެކެވެ. ތުންތުންމަތިން ކިޔާ ފުރޭތަ އެރިވާހަކައިގެ (އަތޮވައްޓާ) ވާހަކައިގެ ހިމެނޭ ގެމަނަފުށި ކައިރީގަ އޮންނަ ބިހަރެހާ އެވެ. މުހައްމަދު އެރެހާ ބަދަލުކޮށްލީ ވަރަށްވެސް ވިސްނުންތެރިކަމާއެކު ބިސް ކަނޑާލާފަ ރެހާ ބީޗަށެވެ. މިހާރު އެއީ އެސަހަރައްދު މީހުން ޕިކްނިކު ދެވޭނެ ގޮތަށް ހެދިފައިވާ ރެހާ ބީޗެވެ.
ރަނގަޅަށް ބަލަހައްޓައިފިނަމަ ޒަމާންތަކަށް ދެމިގެންދާނެ ގޮތަށް އެންމެނަށް ބޭނުން ކުރެވޭނެ އެ ފަޅު ރަށް ތަރައްގީ ކޮށް "ރެހާ ބީޗް" ތަރައްގީ ކުރުމުގަ އޭނާގެ ދައުރު ހާދަހާވާ ފުރިހަމައޭ ހިތަށް އަރައެވެ." ރެހާ ބީޗް " ސާފްކޮށް އޭނާގެ ޓީމުން އެތަން ތަރައްގީކޮށް ރަށުން ބޭރުން ދާ މީހުން ޗުއްޓީ ހޭދަކުރުމަށް އެ މާހައުމުން ލިބެނީ އުފަލެވެ.
ރެހާ ބީޗް އަށް ދަތުރު ދިޔަ ބަޔަކު,ކެއުން ތައްޔާރު ކޮށްފަ /ފޮޓޯ: ރެހާ ބީޗް ވައިބާ ކޮމިއުނިޓީ
މި އޮތީ އަޟްހާ އީދު ފެށިފައެވެ. މި އީދަށް އެކި ހިސާބުތަކުން ވަރަށް ބޮޑަށް ތައްޔާރު ވަމުންދާއިރު ގެމަނަފުށިންވެސް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުހައްމަދު އިބްރާހީމް ފޭސްބުކަށް ދޫކޮށްލި ފޮޓޯތަކުން ފެންނަނީ ގެމަނަފުށި މި އީދަށް ތައްޔާރުވާ މިންވަރެވެ. ޒުވާނުންނާއި ގުޅިގެން ރަށުގެ ކަންކަމުގަ އިސްނަގާ ހީވާގި އެ ޒުވާނާއާއި އޭނާގެ ޓީމުން ކުރަމުންދާ މަސައްކަތްތައް ފެނުނީމަ މިފަހަރު އީދު ގެމަނަފުށީގައި ވަރަށްވެސް ތަފާތުވާނެ ކަމަށް ގަބޫލު ކުރެވުނެވެ.


އެކި ކުޅިވަރު ތަކާއިއެކު އެކިކަހަލަ ހަރަކާތްތަކަށް ތައްޔާރުވަމުންދާ ގެމަނފުށީގެ މި ހިންގުންތެރިއާގެ މަސައްކާތާއި އޭނާގެ ޓީމް ދަނީ ރެހާ ބީޗް އީދަށް ސާފްކޮށް ހިތް އުފާކޮށްލަން ގޮސް ތިބޭވޭނެ ހިތްގައިމު ތަނަކަށް ބަދަލު ކުރަމުންނެވެ. ގެމަނަފުށީގެ ޒުވާނުން މިކަމަށްވާ ތައްޔާރީތައް އަދި ވަކިން ޙާއްސައެެވެ.
އަޅުގަނޑުގެ ފީޑަށް އަންނަ ފޮޓޯތަކާއި އެފޮޓޯ ތައް އަދި ސްޓޭޓަސްތައް ކޮންމެ ދުވަހަކުވެސް ބަލާލަމެވެ. ހާއްސަކޮށް މި އީދާ ދިމާކޮށް އެކި މީހުން ދޫކޮށްލާ ރީލްސް ތަކަށް ބަލާލީމަ ތަފާތު އެކި މަންޒަރުތައް ފެނެއެވެ. މިއަދު ހަނގީގަތުގައިވެސް ލޮލުގައި އަޅައިގަތީ އެ ހިދުމަތްތެރިއާއާއި އޭނާގެ ޓީމްގެ ހިދުމަތުގެ ފޮޓޯތަކެވެ. ޓީމް ގޮވައިގެން މަސައްކަތް ކުރާ މޯޑް ގެ މި މަސައްކަތާއި، އެ ހިތްގައިމު ރެހާ ބީޗް ބަލާލަން ވާނެއެވެ.
ރެހާ ބީޗް އަށް ދަތުރު ދިޔަ ބަޔަކު,ކެއުން ތައްޔާރު ކޮށްފަ /ފޮޓޯ: ރެހާ ބީޗް ވައިބާ ކޮމިއުނިޓީ
ގެމަނަފުއްޓަކީ ހުވަދު އަތޮޅުގެ ހާއްސަ ރަށްތަކުގެ ތެރެއިން ހުރިހާ ކަމަކަށްވެސް ވަރަށް ޙާއްސަ ރަށެކެވެ. މިފަހަރުގެ އީދުވެސް ވަރަށް ފޯރިއާއި ޖޯޝާއެކު ކުރިއަށް ގެންދާއިރު، ބޮޑު އީދަށް ރަށް ސާފް ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން މުވައްސަސާތައް ގުޅިގެން ދަނީ ކުރަމުންނެވެ. ރެހާ ބީޗް' ގެމަނަފުށިން ފުރައިގެން 5 މިނިޓުން ދެވޭ ހިސާބުގައި އޮތް, މި ޕިކްނިކް މި އައިލެންޑަށް ކޮންމެހެންވެސް ދާން ވާނެއެވެ.

ރެހާ ބީޗަކީ ވަރަށް ރީތި ހިތްގައިމު ގޮނޑު ދޮށެއް އޮންނަ ބީޗެކެވެ. ރީތި ސާފް މޫދެއް އޮންނަ ރަށެކެވެ. ދަތުރުދާ މީހުންނަށް އެރަށް ޙާއްސަވަނީ އެރަށުން ބޭނުންވާ ހިދުމަތްތައްވެސް ފުރިހަމަޔަށް ލިބޭތީއެވެ. މުޅި އާއިލާއެއްްކޮށް ހިތް އުފާކޮށްލަން ދެވޭ ގޮތަށް ހަދާފައިވާ މި ޕިކްނިކް އައިލެންޑުގަ ވަނީ ނަމާދު ކުރެވޭނެ ގޮތަށް މިސްކިތެއްވެސް ހަދާފައެވެ. މުޅި އައިލާއެއްކޮށް ތިބެވޭނެ ގޮތަށް ބައްޓަން ކުރެވިފައިވާ މި ރަށަކީ ވަރަށް ވެސް ހިތްގައިމު ރަށެކެވެ.
އެހެންވީމަ ރެހާބީޗް އަށް ނުގޮސް އީދު ދަތުރު ނިންމާ ނުލައްޗޭ. ހުރިހާ ކުދިންވެސް ރެހާ ބީޗަށް ދާން ވާނެއިނގޭ


