ކުރިއަތް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ޕިޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ތާއީދު ކުރައްވައިއެވެ.
އެމަނިކުފާނު އެންޑޯޒް ކުރައްވާ އާދަމް މަނިކު ވިދާޅުވީ މާލެއަށް މިވަގުތު އެންމެ ބޭނުންވަނީ މުސާ އަލީ ޖަލީލް ފަދަ ބޭފުޅެއް ކަމަށެވެ. މިއަދު ހެނދުނު ބޭއްވި އިންވެންޓެއްގައި އެމަނިކުފާނު ވިދާޅުވީ މާލެއަށް ކަންކަން ކޮށްދެވޭނެ ގާބިލުކަން ހުރި ބެފުޅަކަށް މިއަދު މާލެ އަށް ބޭނުންފުޅުވާ ކަމަށެވެ. ސިޔާސީ ވެގެން މާލެ ތަރައްގީ ނުކުރެވޭނެ ކަމަށާއި، މާލެ ތަރައްގީ ކުރެވޭނީ ސަރުކާރާއި ގުޅިފަ ހުންނަ މޭޔަރެއް މާލެ ސީޓީ ކައުންސިލްގައި ހުރެގެން ކަމަށެވެ.
ރާއްޖެ އަކީ ކުޑަކުޑަ އާބާދީ އެއްކަމަށާއި، މިވަގުތު މޫސާ އަލީ ޖަލީލުފަދަ ބޭފުޅެއް މާލެ އަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. މުސާ އަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލޭގެ ތަރައްގިއަށް ދެވޭ ވޯޓެއް ކަމަށެވެ.
މީގެ އިތުރުން ފާހަގަ ކުރެއްވީ މާލެއަށް އަޅާނުލެވި އެތަކެއް ޒަމާނެއް ފާއިތުވެއްޖެ ކަމަށާއި، މީގެ ކުރީގެ މޭޔަރުންނަށްވެސް މާލެ އަށް ހެޔޮބަދަލު ގެނައުމަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވީ ވަރުގަދަ އެޖެންޑާގެ ދަށުން އެކަމަށް މިއަދު ހެޔޮ ބަދަލު ގެނެވޭނީ ވަރަށް ބޮޑަށް މާލެ އާއި ދޭތެރޭ ފުންކޮށް ވިސްނިވަޑައިގެން ކަމަށެވެ. މި އެޖެންޑާ މޫސާ އަލީ ޖަލީލު ތަންފީޒުކުރައްވާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މާލެއަށް އަދިވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަން ކަމަށާއި، އެމަނިކުފާނުގެ މޭޔަރު ކަމަށްފަހު މިހާރު އެތައް ދުވަހެއް ފާއިތުވެފައިވާއިރު އަދިވެސް އޮތީ ހަމަ އެގޮތަށް ކަމަށެވެ. މިއަދު މާލެ އަށް ބޭނުންވަނީ އަމާން ކަމާއި، އެކު ހަމަނިދި ނިދާލެވޭނެ ގޮތް ކަމަށާއި، މާލޭގައި އަމާން ކަމާއި އެކު ހިނގޭނެ ގޮތް ކަމަށެވެ. އެކަމަކު ބަލަން ތިއްބާ މުޅި މާލެ ކޮންސްޓްރަކްޝަން ސައިޓަކަށް ދަނީ ބަދަލުވަމުން ކަމަށެވެ.
ސަރަނގު އާދަމްމަނިކަކީ އާދަމް މަނިކަކީ ރާއްޖޭގެ ސިޔާސީ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
އަދި މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ގެ އިތުރުން މާލޭ މުނިސިޕަލްޓީގެ ކުރީގެ ރައީސްވެސްމެއެވެ. އަދި ކުރީގެ ރައީސް ޑރ މުޙަންމަދު ވަޙީދުގެ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމުގައި ހުންނެވި ފަރާތެކެވެ.


