logo

ދިހަ ރިސޯޓެއް ތަރައްގީކޮށް އެތަންތަނުން ލިބޭ ފައިދާގެ ބޮޑު ބައެއް ދިވެހި ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޑޮލަރުން ޖަމާކޮށްދޭނަން: ރައީސް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

10 ރިސޯޓެއް ތަރައްގީކޮށް އެތަންތަނުން ލިބޭ ފައިދާގެ ބޮޑު ބައެއް ދިވެހި ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޑޮލަރުން ޖަމާކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ކުރިއަށްދިޔަ އެމަނިކުފާނުގެ 3 ވަނަ ރިޔާސީ ބަޔާނުގައު އިއުލާނު ކުރައްވައިފިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާއަތް ކަމަށާއި، މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން ކަމުގައިވާ ރީތި ގޮނޑުދޮށްތަކާއި ފަޅުތަކާއި ރަށްތައް ފަދަ ގުދުރަތީ އެސެޓުތައް ދިގު މުއްދަތަކަށް އެންމެ ބޮޑަށް ބޭނުން ކުރަމުންދާ އަދި މަދު ހާލަތެއްގައި މެނުވީ އިއާދަނުކުރެވޭ ބޮޑު ބަދަލުތަކެއް އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާއަތެއް ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ އެސިނާއަތް މީގެ 54 އަހަރު ކުރިން، 1972 ވަނަ އަހަރުގައި ނަމަވެސް މި ސިނާއަތަށް ބައިގަރުނަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި އެންމެ ފައިސާއެއް ވެސް ލިބޭނެ މަގެއް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާއަތް ކަމަށްވެފަ ރާއްޖޭގެ ގުދުރަތީ ރީތިކަން ކަމުގައިވާ ރީތި ގޮނޑުދޮށްތަކާއި ފަޅުތަކާއި ރަށްތައް ފަދަ ގުދުރަތީ އެސެޓުތައް ދިގު މުއްދަތަކަށް އެންމެ ބޮޑަށް ބޭނުން ކުރަމުންދާ އަދި މަދު ހާލަތެއްގައި މެނުވީ އިއާދަނުކުރެވޭ ބޮޑު ބަދަލުތަކެއް އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާއަތުން ރައްޔިތުންނަށްފައިދާ ކުރާނެހެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މިކަމުގައި މިހާރު ކެބިނެޓުގައި މަޝްވަރާކުރެވުފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ނިންމާފައި ވަނީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކުރުމަށް ކަމަށާއި، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއް ފަހަރު ބޭރު ފައިސާ އިން ޖަމާކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ad