logo

ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ އަކާއި އިދާރީ އޮފީހެއް އިމާރާތް ކުރަން ބީލަމަށް ހުޅުވާލައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
4 ގަޑިއިރު ކުރިން

ހުޅުމާލޭ ގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ އަކާއި އިދާރީ އޮފީހެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ. މިއީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ އެޕްވެކްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަަޝްރޫޢު އެކެވެ. މިނިސްޓްރީ އޮފް ހެލްތުގެ ބޭނުމަށް، ހުޅުމާލޭ ގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ އިތުރަށް އިދާރީ އޮފީހެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ވަނީ ހާމަކޮށްފަ އެވވެ. މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ. ބީ) އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ:

ފާއިތުވި 5 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 1.06 މިލިއަން އެމެރިކާ ޑޮލަރުލިބިފައިވުން އަދި ފާއިތުވި 10 އަހަރު ތެރޭގައި މިބާވަތުގެ 1 މަސައްކަތްކޮށްފައިވުން އަދި މަސައްކަތުގެ އަގު މަދުވެގެން 2.5 މިލިއަން އެމެރިކާ ޑޮލަރު ކަމުގައިވުމެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2025 އޮކްޓޫބަރު 7 އިން 2025 ނޮވެމްބަރު 4އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ އޮންލައިންކޮށް 2025 އޮކްޓޫބަރު 16ވާ ބުރާސްފަތި ދުވަހުގެ 11:00ގައެވެ.

ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެމްބަރު 6ވާ ބުރާސްފަތި ދުވަހުގެ 11:00:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ.

ad