މިނިވަންކަމުން އަޅުވެތިކަމަށް ގޮސްދާނެހޭ ސުވާލުކުރުމުން އެއްބަޔަކު ކިޔަނީ ގޮސްދާނެއޭ، އަނެއްބަޔަކު ކިޔަނީ ނުދާނެއޭއެވެ. އަޅުގަނޑުގެ ނަޒަރުގައި އަދިވެސް، ދިވެހިން މިއަދު މި ދެކޭ މިނިވަންކަމާ ދޭތެރޭ ފުންކޮށް ވިސްނާލަންޖެއެވެ. ސަބަބުތައް ބައިވަރެވެ. އިންސާނާގެ ބުއްދި ފިލާ ދާ ހިސާބަށް ކަމެއް ބަދަލުވެދާކަމުގެ އިހްސާސް އެބަ ކުރެވެއެވެ. ފެންނަންނީ އެކި ކޮޅުކޮޅު މައްޗަށް ކަންކަން ބަދަލުވެ އެކި މީހުންގެ ޝުއޫރު އެކި މިސްރާބުގައި ހުރިތަނެވެ. ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ރައްޔިތުންގެ އުދާސްތައް މި ގޮތަށް ހުރިއިރު ވިސްނާލުން އެއީ ކުރަންޖެހޭ ކަމަކަށް ވެއްޖެއެވެ.
އެހެނަސް ދަންނަވަންތޯއެވެ. މާޒީވެދިޔަ ދުވަސްތަކުން ދިވެހީން ދައްކުވައިދިނީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. އަހުވަންތަކަމާއި ޚުލްޤު ހެޔޮކަމެވެ. މިނިވަން ދައުލަތެއް ލިބިފައި އޮތުމަކީ އެ ދައުލަތަކަށް ނިސްބަތްވާ ހުރިހާ އެންމެންގެ އަސާސީ ބޭނުންތައް ފުއްދޭނޭ މަސައްކަތްތައް ކުރުމުގެ ފުރުސަތާއި އެކަށޭނަ މިންވަރަށް ލިބިފައި އޮތުމެވެ. މިނިވަން ދައުލަތެކޭ ބުނެވޭ ބުނުން ބިނާވެފައި އޮންނަނީ އެ ދައުލަތަކީ ކުރިން ކޮންމެ ވެސް ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ހައްޔަރުވެފައިވާ ބައެއް ކަމުގައިވެ އެކަމުން މިނިވަންވެ އުފާވެރި ކަމާއެކު މިނިވަންކަން މަތީ ތިބުމުގެ ފުރުސަތު ލިބުމެވެ.
ރާއްޖެވެސް ވަނީ މި ދުވަސް ދެކެފައެވެ. އެއީ މީގެ 60 އަހަރު ކުރިއެވެ. 1965 އެވެ. އެއިރުގެ ހަނދާންތަކާއި އެއިރު ކަންތައް ހިނގައިދިޔަ ގޮތަށް ނަޒަރެއް ހިންގާލާއިރު ފެންނަނީ އެ ދުވަސްވަރު، އެ ދައުލަތެއްގެ ހުރިހާ ޚައިރާތެއް، މުއްސަނދިކަމެއް އޮންނަނީ އިސްތިއުމާރީ ބާރުތަކުގެ ނޫނީ އެ މީހުންނަށް ޚިދުމަތްކޮށްދޭން ތިބޭ މަދަދުގާރު ބައެއްގެ އަތް ދަށުގައިކަމެވެ. އޭގެ ސަބަބުން ދުވަސްތަކަކަށް އުފާވެރިކަމާއި ތަނަވަސްކަމުގެ ކުލަ ވިހުރިގެންދެއެވެ.
އެހެނަސް ހަގީގީ މިނިވަންކަމާއި، އެފަދަ ބޮޑެތި ނިންމުންތަކުގެ ގޮތް ބަދަލު ކުރުންވެސް އެއީ ކުރަންޖެހޭ އުސޫލުކަމަށްވާތީ އެކަން އެމަގުން ހިގައިދިޔަ ތަންވެސް ދިރިތިބީންގެ ތެރެއިން ބަޔަކު ވަނީ ދެކެފައެވެ. ދައުލަތުގެ ހުރިހާ ޚައިރާތެއް ހަމަހަމަ ގޮތެއްގައި، އެކިއެކި ޚިދުމަތްތަކުގެ ތެރެއިން ބެހިގެން ދިޔަކަން ވެސް އޮތީ ފެންނާށެވެ. މިއީ މި ބުނާ އެންމެ އަސަރުކުރުވާ އަދި މިނިވަންކަމަށް ބޭނުންޖެހޭ ހިސާބުވެސްމެއެވެ. ނަތީޖާ އަކީ އެކަމަކުން ރެކެން ނުކުންނަ މަޒިލުން އުދަނގޫ ހުރަސްތަކާއެކު މިސްރާބްގެ ފޮނިކަން ހޯދުމަށް ބަޔަކު މަސައްކަތް ކުރުމެވެ. ވިސްނާލަމާތޯއެވެ. ބާރާއި އާރާއި ތަނަވަސްކަމަށް މަސައްކަތްކުރި ދައުލަތަކުން ފަގީރުކަމާއި މުހުތާދުކަން ނައްތާލުމަށް މަޖުބޫރު ވެސް ކުރުވާ ހިސާބަށްދިޔައީ މިބުނާ ބީދައިންނެވެ.
މިކަން ކުރުމުގައި ޝަމިލްވާ ބަޔަކީ އޭރެއްގެ އޮންނަ ސަރުކާރެއް ކަމަށްވާތީ ރައްޔިތުންގެ ޖީބު ބޮޑުކުރުމަށް ސަރުކާރުތަކަށް މަޖޫބުރުވަނީ އެކަން އެމަގުން ކުރާށެވެ. އެ ސަބަބުތަކާހެދި އޭރުގަ ވެރިކަން ކުރާ ސަރުކާރަކަށް މަޖުބޫރުވަނީ 'އިސްތިއުމާރީ ވެރިންގެ ރޯލުން މިކަން ކުރާށެވެ. ހަމައެހެންމެ މި ފާހަގަކުރި ކަންތައްތައް ވާޖިބު އަދާކުރުމުގެ ގޮތުން ހަރުދަނާވެސް ކުރުމަށް މަޖުބޫރު ކުރުވައެވެ.
ވާޖިބުތައް ކޮނޑުގައި އަޅައިގަން ސިޔާސަތުތަކެއް އެކުލަވާލައި އެކަން ތަންފީޒުކުރުމަށް ބުއްދި ބޭނުންވާ ހާލު ޤައުމުން ބޭރުގެ ބާރުތަކުން މަދަދަށް އެދޭ މިންވަރު ކުޑަ ކުރަންޖެހެއެވެ. ނޫނީ އެ ދައުލަތަކަށް މިނިވަންކަން ނުލިބިދާނެއެވެ. ނަމަވެސް އަޅުވެތިކަމަށް ގޮސްފައިވާ ދުނިޔޭގެ ކޮންމެ ގައުމެއްވެސް މި މައްސަލައަށް ހައްލު ލިބިފައި އޮތީ މި ބުނާ ބީދައިން މަސައްކަތް ކޮށްގެނެވެ.
އަޅުވެތި ކަމުގެ ރަހަ ދެކެފި ކޮންމެ ބައެއް މިނިވަންކަމުގެ ރަހަދެކެން ބޭނުންވާނެއެވެ. އެކަން އިހުތިފާލުކޮށް އެކަމާ މެދު އުފާފާޅުކުރުމުގެ ހައްގު ލިބި އަދި ހޯދާނެވެސްމެއެވެ. ތަސްވީރު ދައްކާ ހާލަތުގައި ތާ އަބަދު ނުތިބޭނެއެވެ. ތަސްވީރުން ފެޔަށްޖެހި މިނިވަންކަމުގެ ފޮނި ރަހަ ކަރުބުޑުގައި ލާން ބޭނުން ނުވާނީ ފަހެ ކޮން ބައެއް ތޯއެވެ.