logo

ސިވިލް ކޯޓުގެ އަމުރަކާއެކު ރިވެލި ބީޗް ކްލަބް އަލުން ހުޅުވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓް ހިންގާ ބިން ހަވާލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުމާ ގުޅިގެން، އެ ރެސްޓޯރެންޓް އަލުން ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވ

ރިވެލި ބީޗް ކްލަބް ހިންގާ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ، ރެސްޓޯރެންޓް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު ނަމަވެސް، އެޗްޑީސީން އެ ތަން އަތުލުމަށް ފޮނުވި ނޯޓިސް ތަންފީޒުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެފައިވާ ކަމަށެވެ. އެ އަމުރާ ގުޅިގެން، ރޭ 20:15 ގައި ރެސްޓޯރެންޓް އަލުން ހުޅުވައި މެހުމާނުންނަށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ..

ސޮލާރިސް ހޮސްޕިޓަލިޓީން ބުނީ، މިކަން ހިނގަން މެދުވެރިވީ ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ކުއްޔަށް ދިނުމާ ގުޅޭގޮތުން އެ ކުންފުންޏާއި އެޗްޑީސީއާ ދެމެދު އުފެދިފައިވާ ގާނޫނީ ޚިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކަމަށާއި، އަދި އެޗްޑީސީން ފޮނުވާފައިވާ ނޯޓިސްތަކަކީ ބާތިލު ނޯޓިސްތަކެއް ކަމަށް ދެކޭތީ، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށްދާ ކަމަށެވެ.

އަދި މި މައްސަލައިގައި ބެލެންޖެހޭ ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ކަމަށެވެ..

އެޗްޑީސީން ބުނީ، މި ނިންމުން ނިންމީ ކުލި ނުދައްކާތާ ދިގު މުއްދަތެއް ވެފައިވުމުން ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ނޯޓިސްތަކާއި އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށް ފަހު، އެއްބަސްވުމުގެ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މިފަދަ ނިންމުމެއް ނިންމީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާވެސް ފަހި ފުރުސަތުތަކެއް ހޯދައިދިނުމާއެކު، އާންމުންނަށް ޚިދުމަތްދޭ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހުގައި ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.

ad