ސަރުކާރުން މަޖިލީހަށް މިއަދު ހުށަހެޅި ހަތަރު ބިލަކީ މުހިންމު ފަންނީ ބިލުތަކެއްކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްތަކަކީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާބެހޭ ބިލާއި، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތަށް ހުށަހެޅި އިމިގްރޭޝަންގެ ބިލާއި، އަބުރާއި ބެހުމުގެ ބިލުގެ އިތުރުން ރިއަލް އެސްޓޭޓުގެ ބިލެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ބިލުތަކަކީ އަވަސް އަރުވާލައިގެން ހުށަހެޅި ބިލުތަކެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެއިން ކޮންމެ ބިލެއް ވެސް އެކުލަވާލީ ފަންނީ ދިރާސާތަކުގެ އަލީގައިކަމަށް ވިދާޅުވިއެވެ. މިހާރު ހުށަހަޅާފައިވާ ބިލުތަކަކީ ނިޒާމީ ގޮތުން ގެންނަން ޖެހޭ މުހިންމު ބަދަލުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތަށް ހުށަހަޅާފައިވާ ބިލުތަކެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވި އެ ބިލުތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށެވެ.
ހަމައެހެންމެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ، ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މުހިންމު ބިލެއްކަމަށް ވިދާޅުވިއެވެ. ދީނާ ޚިލާފު ކަންކަން ނުކުރެވޭނެ ގޮތަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އެކުލަވާލީ، ރާއްޖެއަށް އެންމެ ފައިދާ ވާނެ ގޮތަށް އެ ބިލުގެ މަސައްކަތް އެކުލަވާލުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލަކީ ރާއްޖެއަށް މުހިންމު ބިލެއްކަމަށެވެ. އަދި އެ މަސައްކަތް ފުރިހަމަވެ، ޝަރުޢީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވުމުން މަރުގެ އަދަބު ތަންފީޒުކުރަން ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލަކީ ރާއްޖެ ފަދަ އިސްލާމީ މުުޖުތަމަޢަކަށް މުހިންމު ބިލެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަބުރާ ބެހުމަކީ މަދަނީ ކުށެއްކަމަށް ކަނޑައަޅައި ހުށަހެޅި މިބިލަކީ އަބުރު ރައްކާތެރިކޮށްދިނުމުގެ މަޤްސަދުގައި ހުށަހެޅި ބިލެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.އިރުމަތީ ޗައިނާގެ ބޫޓު އުފައްދާ ކާރުހާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައިވެސް 28 މީހުން ވަނީ މަރުވެފައެވެ.
ސަރުކާރުން މަޖިލީހަށް މިއަދު ހުށަހެޅި ހަތަރު ބިލަކީ މުހިންމު ފަންނީ ބިލުތަކެއް: ރައީސް

ދިވެހި ޗެނަލް
7 ގަޑިއިރު ކުރިން

