logo

ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނަގައިފި

މަރްޔަމް
17 ގަޑިއިރު ކުރިން

ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް ކައުންސިލްގެ އިހްތިސާސުން ބޭރުކޮށް ، ދައުލަތައް ނަގައިފިއެވެ.

ގެދޮރުވެރި ކަމާ ބިނާރާ ބެހޭ މިނިސްޓްރީން ނެރުނު އިއުލާނެއް ގައި ބުނީ 14 ބިމެއް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރީ މާލޭގެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގެ މަސައްކަތް ކުރުމަށާ، އިންފްރާސްޓްރަަކްޗަރ ގެ ޚިދުމަތް ދިނުމަށާ އެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ކޮންމެހެން ބޭނުންވާ ބިންތަކުގައި އެކަމާ ގުޅޭ މަޝްރޫޢުތައް ހިންގުމަށް ކަމަށެވެ.

އެބިންތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢު ތަކަކީ ސަލްޓަންޕާކް އަދި މިޔުޒިއަމް ސަރަހައްދެއް އީޕޯސްޓް މެރީނާ އަކާ މިޔުޒިއަމް ޕާކެއް ގާއިމް ކުރުމާ ،ލޯކަލް މާރުކޭޓް އަދި ދަތުރުވެރިން ގެ މާރުކޭޓް ކޮމްޕްލެކްސް އަކަށް ބަދަލު ކުރުމާއި އެކު މިކްސްޑް-ޔޫސްޑް ކޮމާޝަލް ތަރައްޤީގެ މަޝްރޫޢު ހިންގުމާ، ބޮނޑިބަތް ޕާކުގައި ވިޔަފާރި ބައިތަކަކާ އެކު ޒަމާނީ ޕާކިންގް އިމާރާތެއް އެޅުމާ، ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ތަނުގައި އީވީ ޗާޖިންގް ފެސިލިޓީ އެއް ގާއިމް ކުރުމާއި އަދި އާއްމުން ދަތުރު ގޮސް ހިތް ފަސޭހަކޮއްލުމަށް ބޭނުންކުރާ ޕާކު ތަކާއި މައިޒާން ތަކުގެ ފެންވަރު ރަނގަޅުކޮށް، ހެދުމެވެ. ދެމެހެއްޓެނިވި އުސޫލަކުން އެ ތަންްތަން ރަނގަޅަށް ބެލެހެއްޓުމަކީ ވެސް އެ ނިންމުމުގެ ބޭނުމެއް ކަމަށް މިނިސްޓްރީ އިން ބުނެފައި ވެއެވެ.

އަދި މިމަޝްރޫޢު ތަކާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ޚިޔާލެއް ، މަޝްވަރާއެއް ނުވަތަ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ލިޔުމުން އެކަން ހުށައެޅުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.

ad