logo

ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނާއި ގުޅިގެން ހައްޔަރު ކުރި އަންހެންމީހާގެ ކުށެއް ނެތް ކަމުގެ އަޑު ގަދަވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
15 ގަޑިއިރު ކުރިން

ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނާއި ގުޅިގެން ހައްޔަރު ކުރި އަންހެންމީހާގެ ކުށެއް ނެތް ކަމުގެ އަޑު ސޯޝަލް މީޑިއާގައި ގަދަވެއްޖެއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކުރީ އިއްޔެއެވެ.

ކުޅުދުއްފުށީގައި ހިންގި މި ދެ އޮޕަރޭޝަންގެ ތެރެއިން 2026 އޮގަސްޓު 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދޫޑިގަން.ކަރަންފޫގެ / ޏ. ފުވައްމުލައް، މުޙައްމަދު އުމީން (19އ) އާއި ފަހިވާ / ހދ. ކުމުންދޫ، ޢާއިޝަތު ޢަލީ (30އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 27 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި، ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59 ގުރާމް ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

އޮގަސްޓް 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުރަހަ / ހދ. ކުޅުދުއްފުށި، ޙުސައިން ނަޢީމް (44އ) އާއި ބަންޑާރަހިޔާ ހދ.ކުޅުދުއްފުށި، ޢަބްދުއްރަޙްމާން މުޙައްމަދު (45އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަަކަށް ބަލާއިރު، މިކަމުގައި އައިޝަތު އަލީގެ އެއްވެސް ކުށެއް ނެތް ކަމަށް ޙިޔާލް ފާޅުކުރާ ބައެއް މީހުން ދަނީ ބުނަމުންނެވެ.

އެގޮތުން ކަން ހިނގާ ދިޔަގޮތަކީ، ކުމުންދޫ އިން އައިޝަތު އާއި އައިޝަތުގެ ކޮއްކޮ އުމީން ކުޅުދުއްފުށްޓަށް ދިޔައީ ޑޮކްޓަރަށް ދައްކަން ކަމަށާއި، ކިއު ނަމްބަރު ނަގައިގެން ޑޮކްޓަރަށް ދައްކަން އެތާގަ އިންދާ، ހުސެން ޝަރީފް ( ކަޓަރޭ) ނަމަކަށް ކިޔާ މީހަކު އައިޝަތު އަށް ގުޅާފަ ހައްވާ ޝަރީފްގެ ފޮށިގަނޑެއް އެބަ ފޮނުވަމޭ އެޔާ ހަވާލުވެ ދީބަލާށޭ، ބުނި ކަމަށެވެ. އަދި ހައްވަގެ އެއްޗެއް ވީމަ އައިޝަތު ހަވާލުވާނެ ކަމަށާއި ފުރާގަޑިޑީގައި ފެރީ ޓާމިނަލަށް ފޮނުވަދެން އެދުމުން، އެތަނަށް ގެނެސް މީހަކު ހަވާލު ކުރި ފޮށިގަނޑު ހިފައިގެން އާރްޓީއެލް ފެރީ ޓާމިނަލް އަށް ވަތް ތަނާން އައިޝަތު އާއި އައިޝަތުގެ ކޮއްކޮ އުބީން ހައްޔަރު ކުރީ ކަމަށެވެ.

އަދި އެފޮށިގަނޑުގައި ހުރީ ހުސެއިން ޝަރީފް (ކަޓަރޭ)ގެ 26 ޕެކެޓް ތޮޔޮ ކަމަށާއި، އަދި މި މައްސަލައިގައި ހުސެއިން ޝަރީފް ހައްޔަރު ކުރުމަށް ވެސް ގިނަބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހްގީގް ކުރަމުންނެވެ.

ad