ޣައްޒާގަ ދިރިއުޅެމުންދާ ޔަތީމު ކުއްޖަކު ބަލަހައްޓަން ބޭނުންވާ ނަމަ އެ ފުރުސަތު އިސްރާ އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.
އިސްރާއެސޯސިއޭޝަނުން ބުނީ ދުނިޔޭގެ ކޮންމެ ތަނެއްގަ ހުއްޓަސް ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ޔަތީމު ކުއްޖަކަށް އެހީވެވޭވެނެ ކަމަށާއި، އެކަމަށް ބޭނުންވާ ފަރާތްތައްކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަވެ. އެގޮތުން މިހާރުވަނީ ޕެކޭޖްތައް ކަނޑައަޅާފައި ކަމަށެވެ. ޣައްޒާގައި ހާލު ޖެހިފައިވާ ޔަތީމު ކުދިންނަށް އެހީތެރިވުމުގެ ގޮތުން ކަނޑައަޅާފައިވާ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 525 ރުފިޔާއިން ފެށިގެން 2100 ރުފިޔާ ހަމަޔަށް އެހީވެވޭނެ ގޮތަށް ކަނޑައަޅާފައިވާ ޕެކޭޖްތަކެކެވެ.
ޕެކޭޖް 1: މަހަކު 2100 ރުފިޔާ (މި ޕެކޭޖަކީ ޔަތީމު ކުއްޖަކު ބެލެހެއްޓުމުގެ ޙަރަދު)
ޕެކޭޖް 2: މަހަކު 1050 ރުފިޔާ (މި ޕެކޭޖަކީ ޔަތީމު ކުއްޖެއްގެ ޙަރަދު 2/1 ހިއްސާ ޕެކޭޖެއް)
ޕެކޭޖް 3: މަހަކު 700 ރުފިޔާ (މި ޕެކޭޖަކީ ޔަތިމު ކުއްޖެއްގެ ޙަރަދު 3/1 ހިއްސާވާ ޕެކޭޖެއް)
ޕެކޭޖް4: މަހަކު 525 ރުފިޔާ ( މި ޕެކޭޖަކީ ޔަތީމު ކުއްޖެއްގެ ޙަރަދު 4/1 ހިއްސާވާ ޕެކޭޖެއް)
އިސްރާއިން ބުނީ އިތުރުމައުލޫމާތު ހޯދުމަށް 9466697 އަކަށް ގުޅުއްވުމަށެވެ.
ޣައްޒާގަ ދިރިއުޅެމުންދާ ޔަތީމު ކުއްޖަކު ބަލަހައްޓަން ބޭނުންވާ ނަމަ މަތީގައިވާ މިވާ ލިންކަށް ވަދެ ފޯމް ފުރުއްވާ ލައްވާ
2023 ވަނަ އަހަރުންފެށިގެން ހުއްޓުމުއްނެތި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއިލުން ލާއިންސާނީ އަނިޔާދީ އެތައްހާސް ކުޑަކުދިންނެއް ޔަތީމުކޮށް ވަނީ ބަނޑުހައިހޫނުކަމުގައި ވަނީ ޖައްސާފައެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ދިން ހަމަލާތަކުގައި 268 ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 1،244 ރައްޔިތުން ޝަހީދުކޮށްފަވާއިރު، ފާއިތުވި ތިން އަހަރު ތެރޭގައި ހުޅަނގު އައްސޭރީގައި ގާތްގަނޑަކަށް 46،000 ވުރެ ގިނަ ފަލަސްތީނުގެ މީހުން ގެދޮރު ގެއްލި ނިކަމެތި ވަނީ ކޮށްފައެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގަ ވެސް 2،200 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށްދާން ވަނީ މަޖުބޫރު ކޮށްފައެވެ.

.jpg&w=256&q=75)
