logo

މި ސަރުކާރުގެ ކުރީގެ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

މި ސަރުކާރުގެ ކުރީގެ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި މާރިޔާ ކެބިނެޓަށް ގެނައި ބަދަލުތަކަކާ ގުޅިގެން އިސްތިއުފާ ދެއްވި އިރު، އޭނާ ވަނީ އެގްރިކަލްޗަ މިނިސްޓަރުގެ މަގާމަށް ވެސް އަދާކޮށްފައެވެ.

އެކަމަނާ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރެއްވީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަނީ ބޭރު ގައުމެއްގެ ސަފީރުކަމަށް އައްޔަންކުރާށެވެ.

މާރިޔާ އެގްރިކަލްޗާ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، މި އަހަރު ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ފަހު ކެބިނެޓުގެ ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވި އިރު، އޭޕްރީލް 14 ގަ އެވެ.

ad