logo

ރައީސުލްޖުމްހޫރިއްޔާ، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ދިޔާމާ އިބްރާހިމް
6 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައްޔިތުންނަށް ފޮނުއްވާފައެވެ.

View post on Twitter

ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުވީ، 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް އެ ވެރިކަން 7 މަސް ދުވަސް ތެރޭ ބަދަލުވެ ރަސްކަމަކަށް އަނެއްކާ ވެސް ދިވެހި ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައެވެ. އަދި އޭގެ ފަހުން ދިވެހިރާއްޖޭގެ މިހާރުގެ ދާއިމީ ޖުމްހޫރިއްޔާ ނުވަތަ ދެވަނަ ޖުމްހޫރިއްޔާ އިޢުލާނު ކުރެވިފައިވަނީ 11 ނޮވެމްބަރު 1968 ގައެވެ. މި ތާރީޚަކީ މިހާރު ރާއްޖޭގައި ރަސްމީގޮތުން ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަހެވެ.

މިއަހަރުގެ ޖޫމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މިއަދު ހަވީރު މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯޕްސްގެ ފާރާތުން ޕެރޭޑް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ad