logo

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން
ވެމްކޯ

ވެމްކޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. އަށް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ވެމްކޯ އެކަޑަމީއާއި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ އެވެއަރނެސް އެންޑް ޕްރިވެންޝަން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެއްގަމު ދަތުރުފަތުރުގެ އާންމު ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދޭނެ ކަމަށާއި، އަދި އެ ކޯޕަރޭޝަންގެ ޑްރައިވަރުން އުޅަނދު ދުއްވާއިރު ހާއްސަ ސަމާލުކަމެއްދޭންޖެހޭ ކަންކަމާއި ދަތުރަށް ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމްގެ ތެރެއިން، މުވައްޒަފުންގެ މެދުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ad