logo

ކޯޓުތަކުގެ ނިންމުންތަކަށް ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފި

އާމިނަތު މޫސާ
2 ދުވަސް ކުރިން

ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތައް ފަސޭހައިން ބަލައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފި އެވެ.

މިއީ ހައިކޯޓުގެ ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ބަޔަކާ ހަވާލުކޮށްގެން "ސަރިޔަތް"ގެ ނަމުގައި ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ. އަހަރު ދުވަހުގެ މަސައްކަތުން ވުޖޫދަށް ގެނެސްފައިވާ މިވެބްސައިޓްގައި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ހައެއްކަ ހާސް ނިންމުން މިހާރުވެސް ހިމަނާފައިވެ އެވެ.

މިވެބްސައިޓްގައި މިވަގުތު މައިގަނޑު ގޮތެއްގައި ހުރީ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުންތައް ކަމަށްވީ ނަމަވެސް ސްޕީރިއާ ކޯޓުތަކުގެނިންމުންތައްވެސް ހިމެނުމަށް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްފައިވާތީ ވަކިވަކި މައްސަލަތައް ސާޗް ކުރުމުގައި ފަސޭހަގޮތްތަކެއް ވެބްސައިޓްގައި ހަމަޖެހިފައި ހުރެއެވެ.

މި ވެބްސައިޓުގައި ވަކިވަކި ފަނޑިޔާރުންގެ ނިންމުންތަކާއި، ގާނޫނީ އުސޫލުތަކާއި، މައްސަލައިގެ ބާވަތަށް ބަލައިގެން ނިންމުންތައް ވަކިން ހޯދެން ހުންނައިރު ކުރިއަށް އޮތް ތަނުގައި ދަށު ކޯޓުތަކުގެ ނިންމުންތަކާއި ހައިކޯޓުގެ ކުރީގެ އަތުލިޔުމުން ހުރި ނިންމުންތައް ވެސް މި ވެބްސައިޓަށް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވެބްސައިޓް ފަރުމާކޮށްފައިވަނީ ރަޖިސްޓަރީކޮށްގެން ހިލޭ ބޭނުންކުރެވޭގޮތަށެވެ.

ad