logo

ހައި ކޯޓު އިސް ފަނޑިޔާރުކަމަށް 3 ބޭފުޅަކު ކުރިމަތިލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައިފިއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. އެހެންވެ، އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.

މިފަހަރު ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާފައިވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާއި، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲއެވެ.

އަލަށް ހޮވޭ ފަޑިޔާރުންގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅަނީ މުސާރައިގެ ގޮތުގައި 47،700ރ. އެވެ. އަދި ލިވިންގ އެލަވެންސްގެ ގޮތުގައި 18،000ރ. އެވެ. ރިސްކް އެލަވެންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެެ ކަމަށް ވަނީ ބުނެފައެވެ.

ad