logo

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޯޓުދެއްވައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
18 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޯޓުދެއްވައިފިއެވެ. ވޯޓު ދެއްވުމަށްފަހު ރައީސް ވަނީ ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ ހުރިހާ ރައްޔިތުންވެސް ވޯޓުލުމަށް އިލްތިމާސްކުރައްވާފައެވެ.

ތާޖުއްދީން ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަރަށް ކުރުކޮށް ވިދާޅުވީ ވޯޓުލުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެހެންވެ، ގާނޫނީ ހައްގު އަދާކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު ކުރިއަށް ދަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓެވެ. މި އިންތިހާބުތަކުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ކައުންސިލްގައި 225 ދާއިރާއެއްގެ 678 މަގާމަކަށް 1،368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،597 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އިންތިހާބުތަކުގެ ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށްރަށާއި ރިސޯޓްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގައި ޖުމްލަ 588 ފޮއްޓެއް ބަހައްޓާފައިވެއެވެ.

ad