ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ނިންމާލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާކޮށްފައިވަނީ ހެނދުނު 9:00 އަށެވެ. ނަމަވެސް 9:00 އަށް ކޯރަމް ހަމަނުވުމުން ޖަލްސާ ފެށުން 10:00 އަށް ފަސްކުރި އެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވީ ކޯރަމް ހަމަނުވާ ކަމަށާއި ކޯރަމް ރަނގަބީލު ޖެހުމުންވެސް ކޯރަމް ހަމަވެފައި ނުވާ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ، ކޯރަމް ހަމަނުވާތީވެ، މަޖިލީހުގެ ޖަލްސާ ފެށުން 10:00 ލަސްކުރިކަމަށް އިއުލާނުކޮށްފައެވެ. އެހެންނަމަވެސް 10:00 ގައިވެސް މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާވަރަށް ކޯރަމް ހަމަނުވާތީ، ރިޔާސަތުން އިއުލާނު ކުރެއްވީ، ހެނދުނު 9 ޖަހާއިރު ފެށުމަށް ނިންމި ޖަލްސާގެ ކޯރަމް ހަމަނުވާތީވެ، މަޖިލިސް ފަށާ ގަޑި 10 ޖެހުމަށް ބަދަލުކުރުމުންވެސް ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް ކޯރަމް ހަމަނުވާތީ، މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ބ ގެ ދަށުން މިއަދުގެ ޖަލްސާ ކެންސަލް ކުރެއްވީ ކަމުގައެވެ. އަދި މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މެއި މަހުގެ 14 ވަނަދުވަހު ކަމުގައިވެސް ރިޔާސަތުން އިއުލާނު ކުރެއްވިއެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާއެއް ފެށޭނީ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ 25 އިނައްސަތް ހަމަވެގެންނެވެ. މި ހިނގާ މަޖިލީހުގެ ދައުރުގައި 93 މެމްބަރުން ތިއްބަވާއިރު، ޖަލްސާ ފަށަން ބޭނުންވާ ކޯރަމަކީ 23 މެމްބަރުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމާއި ސައިބާ ސެކިއުރިޓީގެ ބިލާއި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލްގެ ބަހުސް ކުރިއަށް ގެންދިއުން ހިމެނެ އެވެ. މީގެ އިތުރުން އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުން ހިމެނެ އެވެ.
މިއަދުގެ ޖަލްސާ ލަސްވެފައިވާއިރު، މާދަމާ މަޖިލީހުގެ މި ހިނގާ ދައުރު ނިމި، މަޖިލީސް ޗުއްޓީއަށް ދާނެއެވެ.

