logo

ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގްސް އަތުލައިގެންފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ވީއައިއޭ އިން ކަމަށެވެ.

މި ތަކެތި އަތުލައިގެންފައިވަނީ ބަންގްލަދޭޝްއިން ރާއްޖެ އައި 32 އަހަރުގެ ފިރިހެނެއްގެ އަތުންނެވެ. އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ބަލައިފާސްކުރުމުގެ މަސްތުވާތަކެތި ފެނުނު ކަމަށް ވަނީ ބުނެފައެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 560 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައި ވެއެވެ.

ad