logo

އަލިފުށީ އިންޑޯ ކޮމްޕްލެކްސް އަންނަ އަހަރު ނިންމާލެވޭނެ: މިނިސްޓަރ ރާފިޢު

މަރްޔަމް
14 ގަޑިއިރު ކުރިން

ރ.އަލިފުށީގައި ތަރައްޤީ ކުރަމުންދާ މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރު ފަހުކޮޅަށް ނިންމާލުމަކީ އަމާޒެއް ކަމަށް ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ދިޔަ " އަހާ ފޯރަމް"ގެ 10ވަނަ އެޕިސޯޑްގައި ވާހަަކަ ދައްކަވަމުން ވަޒީޜު ވިދާޅުވީ މި އިންޑޯ ކޮމްޕްލެކްސް ނިމިގެންދާއިރު އެތަނުގައި އިންޑޯގެ ހުރިހާ ކުޅިވަރެއް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. މީގެ އިތުރުން މުނިފޫހި ފިލުވުމުގެ ތަފާތު ޕްރޮގްރާމްތަކާއި ދުޅަހެޔޮ ކަމާއި ގުޅޭ ކަންކަން ކުރުމުގެ އިންތިޒާމް ތައް ވެސް ފަހިވެގެން ދާނެ ކަމަށެވެ.

މިގޮތުން ޒަމާނީ ފެންވަރުގެ ޖިމަކާއި އެރޯބިކްސް ކުލާސްތައް ކުރިއަށް ގެންދެވޭނެ ސްޓޫޑިޔޯއެއްގެ އިތުރުން ކުލާސް ރޫމް އަކާއި ބޯޑް ގޭމްސް ތަކަށް ޚާއްޞަ ހޯލެއްވެސް އެއިމާރާތުގައި ހުންނަނާނެ ކަމަށް މިނިސްޓަރގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ބައްދަލުވުންތައް ބާއްވާނެ ކޮޓަރިއަކާ މުވައްޒިފުންގެ މަސައްކަތުގެ މާހައުލުވެސް ޤާއިމު ކުރެވޭނެ ކަމަށާއި ،ހަމަމިޔާއި އެކު ކުޅިވަރު ކުޅެން އަންނަ ފަރާތް ތަކުން އެއްޗެހި ބަދަލުކުރާނެ ތަންތަނާއި އެތަންތަނަށް ބޭނުންވާ ވަސީލަތް ތައް މި މަޝްރޫޢު ނިމިގެން ދާއިރު ފުރިހަމަ ވެފައި ހުންނާނެ ކަމަށްވެސް މިނިސްޓަރ ރާފިޢު ވިދާޅުވިއެވެ.

އަދި މިއަހަރު ތެރޭގައި މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒުވާނުންނާއި ކުޅިވަރު ތަކާއި ބެހޭ މިފަދަ އެތައް އިންޑޯ އަދި އައުޓްޑޯ ކޮމްޕްލެކްސް ތަކުގެ މަސައްކަތްތައް ގިނަ ރަށްތަކެއްގައި އަންނަނީ ކުރެވެމުންނެވެ.

ad