logo

ކުރީގެ ކައުންސިލަރ މުހައްމަދު އައިމަން އިސްމާއިލް ޖިންސީ ގޯނާގެ މައްސަލަ އެއްގަ ހަޔަރުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރ މުހައްމަދު އައިމަން އިސްމާއިލް (އާނު) ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ކަށަވަރު ކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގަ ކަމަށް ބައެއް ނޫސްތަކުގަ ވަނީ ރިޕޯޓް ކޮށްފައެވެ..

ފުލުހުންގެ މީޑިޔާ އޮފިސަރ އަހުމަދު ޝިޔާމް ދިވެހިޗެނެލަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދުގެ ވަގުތެއްގައި އައިމަން ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރާނެކަމަށެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އައިމަންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އަމިއްލަ އަންހެން ދަރިއަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެވެ.

ad