ޑްރަގް އޮޕަރޭޝަންތަކަށް ހާއްސަކޮށް ބޭނުން ކުރަން ދިވެހި ފުލުހުން ގެންގުޅޭ ފާރަ ކުއްތާ ބޭނުން ކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކެއް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދިވެހި ފުލުހުންނަށް ދީފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މި ތަމްރީންތައް ދިނީ އެމެރިކާގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުން ކަމަށެވެ.
މި ދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށްމާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންގޮސްފައިވާމި ޓްރެއިނިންގ ސެޝަންތަކަކީ ކޭނައިން އޮޕަރޭޝަންސްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައިކުރިއަށް ގެންދިޔަ ސެޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ.
މި ޓްރެއިނިންގ ސެޝަންތަކުގައި އިންޑޯ އަދި އައުޓްޑޯގައި ފާރަ މަސައްކަތްކުރާ ގޮތުގެ ޑެމޮންސްޓްރޭޝަންތަކާއި އެކު ތަމްރީނު ދެވިފައިވާނޭ ކަމަށް ފުލުހުން ބުނެއެވެ. އަދި ކުއްތާ ބޭނުންކޮށްގެން، އެންމެ ފަހުގެ ހުނަރުތަކާ އެކު ޔޫއެސްގެ ވެޓިރެނަރީ ހާއްސަ ޑޮކްޓަރުގެ އިރުޝާދާ އެކު ފަސްޓްއެއިޑް ޓެކްނިކްސް ކުލާސްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އޭގެ އިތުރުން، ވެހިކަލް ބަލައި ފާސްކުރާނެ ގޮތުގެ ފަރިތަކުރުންތައް ވެސް މި ޕްރޮގްރާމްގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުން ކުރަން ފެށީ 2015 އަހަރުން ފެށިގެންނެވެ.
އޭގެ ފަހުން، ޓެރަރިޒަމްގެ އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން، 2022 ވަނަ އަހަރު ވަނީ އިތުރު 10 ކުއްތާ ރާއްޖެ ގެނެސްފައެވެ.

