logo

"ޑޭޓާތޯން 2026" 105 ބައިވެރިންނާ އެކު ފަށައިފި

ދިޔާމާ އިބްރާހިމް
16 ގަޑިއިރު ކުރިން

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އިންތިޒާމުކޮށްގެން "މޯލްޑިވްސް ޑޭޓާތޯން 2026" މިއަދު ފަށައިފިއެވެ.

މިއަހަރުގެ 'ޑޭޓާ ތޯން' ގައި 26 ޓީމަކުން ޖުމްލަ 105 ބައިވެރިން ބައިވެރިވެއެވެ.

މިއީ ޑޭޓާ ތޯން ގައި މަޢުލޫމާތާއި، އުފެއްދުންތެރިކަމާއި، އަދި ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން، ދަތުރުފަތުރުގެ ރޭވުންތެރިކަން ހަރުދަނާކޮށް، މުޅި ރާއްޖެ އިތުރަށް ގުޅުވާލުމަށް ބޭނުންވާ މުހިންމު ހޯދުންތަކާއި އައު ޚިޔާލުތައް ނެރުމަށް ބައިވެރިން މަސައްކަތް ކުރާނެއެވެ.

އަދި މި މަސައްކަތުގައި ބައިވަރިވާ ފަރާތްތަކުން ތަފާސްހިސާބާއި، މަޢުލޫމާތުގެ އެހީގައި، ރާއްޖޭގެ ދަތުރުފަތުރުގެ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމާއި އާދަކާދަތައް ދެނެގަނެ، އެކަމަށް ބޭނުންވާ އީޖާދީ ޙައްލުތައް ހޯދާނެ ކަމަށް އެމްބީއެސް އިން ހާމަކުރެއެވެ.

" މަޢުލޫމާތުގެ އެހީގައި ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކުރުން: ގުޅިފައިވާ ދިވެހިރާއްޖެއަކަށް އައު އީޖާދުތައް" މި ޝިއާރުގެ ދަށުން ކުރިޔަށް ގެންދާ ޑޭޓާތޯން ގެ މައި ސޮޕްންސަރުންގެ ގޮތުގައި، މޯލްޑިވްސް ޕެންޝަން އޮފީހާއި، ވިމެން އިން ޓެކް އެމްވީ ގެ އިތުރުން ދިރާގު ހިމެނެއެވެ.

ad