logo

ފެނަކަ ހިންގުން ސްޓެލްކޯގެ އެމްޑީ ޑރ.އަޒުވަރަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
17 ގަޑިއިރު ކުރިން

ފެނަކަ ހިންގުން ސްޓެލްކޯގެ އެމްޑީ ޑރ.އަލީ އަޒުވަރުއާ ހަވާލުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީއިން) ވަނީ މިކަން ހާމަކޮށްފައެވެ.

ޕީސީބީއިން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ސ.ފޭދު، ނެސްޕްރޯވިލާ، ޑރ.އަލީ އަޒުވަރު އައްޔަންކޮށްފައިވާ ކަމަށެވެ.

އަޒުވަރުގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހ.ހުދުރިޔާ، އިބްރާހިމް ނިޠާމް އައްޔަންކޮށްފައިވާ ކަމަށް ވެސް ޕީސީބީން ވަނީ ބުނެފައެވެ

ފެނަކަ ކުންފުނީގެ ހިންގުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާއި ހަވާލުކޮށްފަވާއިރު، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވަނީ އެމާގާމުން ވެސް ވަކިކޮށްފައެވެ.

އަދި މިދަޑިވަޅަކީ ފެނަކަ އުވާލައި، ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަމުންދާ ދަޑިވަޅެކެވެ. މިހާރު ފެނަކައިގެ ދަށުން ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ އޮޕަރޭޝަން ސްޓެލްކޯއަށް ބަދަލުކުރުމުގެ ތެރެއިން ރަށްރަށުގެ އެސެސްމެންޓު ހަދައި، ސްޓެލްކޯއިން ދަނީ ރަސްމީކޮށް އޮޕަރޭޝަނާ ހަވާލުވަމުންނެވެ.

ad