logo

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92000 ރުފިޔާ ހޯދި ދެ މީހަކު ހައްޔަރުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން
މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން  ފައިސާ ފޭރުނު ދެ މީހުން/ފޮޓޯ ފުލުހުން

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނު ދެ މީހުން/ފޮޓޯ ފުލުހުން

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92000 ރުފިޔާ ހޯދި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޕީޓީ ކޯޑު ހިއްސާކުރުމުން، ގޮތް ނޭންގޭ ޓްރާންސެކްޝަންއެއް ހިންގައި އޭނާގެ އެކައުންޓުން މަކަރާއި ހީލަތުން 92000 ރުފިޔާ އަތުލާފައިވާ މައްސަލަ މި އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ފުލުުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ހުށަހެޅުމާއެކު، މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން، ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އަދި އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފައިންޕާކް 23 އަހަރުގެ ހއ. ހޯރަފުށި މުޙައްމަދު ފަޒީލް ފައިންބީޗް 23 އަހަރުގެ ގދ. ފިޔޯރީ އަބްޝަރު ރަޝީދު ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓު 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ad