logo

ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން ފަރުވާދޭން ފަށާފިއެވެ.

އޮކްޓޫބަރު 12 ވަނަ ދުވަހު ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ގެނބިފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ.

ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަރުވާދެމުންދާ ދެ ފަތުރުވެރިންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ad