ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ، 18 ޖުލައި 2026 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާ 2 ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ކަމަށެވެ.މި ތަކެތި އަތުލައިގަތީ މިމަހުގެ 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ އަތުންނެވެ. މި ދެ މީހުން ރާއްޖެ އައީ، އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ކަމަށާއި، ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި މި ތަކެތި ފެނިފައިވަނީ، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައި ހުއްޓާ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލަށް ބަލާއިރު، ދެ ބާވަތެއްގެ ކެނަބިސް ފެނިފައިވާ ކަމަށާއި، އެއީ، 1،975 ގްރާމުގެ ކެނަބިސް އަދި 3،565 ގްރާމުގެ ކެނަބިސް ކަމަށެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ހުރިއިރު، މީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ލަފާކޮށްފައެވެ.

.jpg&w=256&q=75)
