އިންސާނީ ޙައްޤުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިއުމަންރައިޓްސް ކޮމިޝަން (އެޗް އާރް ސިއެމް) އިން ރޯދަ މަހަށް ޙާއްސަކޮށްގެން ކުއިޒު މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން އިންސާނީ ޙައްޤުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވާ ޙައްޤުތަކަކީ ކޮބައިކަން ރައްޔިތުންނަށް އަންގައިދިނުމުގެ މަޤްސަދުގައި ރަމަޟާން ކުއިޒް 1447 ނަމުގައި ކުއިޒެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. ކުއިޒް ފެށޭނީ ރަމަޟާންމަހުގެ 2 ވަނަ ދުވަހު އެވެ. ނިމޭނީ ރަމަޟާންމަހުގެ ފަހު ދުވަހު އެވެ.
ކުއިޒްގެ ސުވާލު ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12 ޖެހުމުގެ ކުރިން ފޭސް ބުކްގައި އަޕްލޯޑް ކުރެވޭނެ އެވެ. ޖަވާބު ދިނުން އޮންނާނީ ފޭސްބުކްގެ ކޮމެންޓް ބައިގައެވެ. ކޮންމެ ސުވާލެއްގައިވެސް 3 ޖަވާބު ހިމެނޭނެ އެވެ. ޖަވާބު ދިނުން އޮންނާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:00ގެ ކުރިންނެވެ. އެއްވެސް އެކައުންޓަކުން 1 ޖަވާބަށްވުރެ ގިނަ ޖަވާބެއް ނުދެވޭނެ އެވެ.
ކުއިޒްގެ ސުވާލުތައް ނަގާފައިވާނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޤާނޫނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުއާހަދާތަކާއި އިންސާނީ ޙައްޤުތަކާ ގުޅުންހުރި ޤާނޫނުތަކުންނެވެ.
ކުއިޒްގެ ވަނަ ހޮވާ އިނާމު ދޭނީ ރަމަޟާންމަސް ނިމުމުންނެވެ. އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތަށް 1 ވަނަ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، 5000 ރުފިޔާގެ އަގުހުރި އިނާމު ލިބެނީ އެއްވަނައަށް ދާ ފަރާތަކަށެވެ. އަދި ދެވަނަ އަށް ް 3000 ރުފިޔާގެ އަގުހުރި އިނާމު 3 ވަނައަށް 2000 ރުފިޔާގެ އަގުހުރި އިނާމު ލިބޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ވަނަހޮވުމުގައި 1 ފަރާތަށްވުރެ ގިނަ ފަރާތް ހޮވިފައިވާނަމަ އިނާމު ލިބޭނެ ފަރާތެއް ކަނޑައަޅާނީ ސޮފްޓްވެއާރއެއްގެ އެހީގައި ގުރުއަތުލައިގެން ކަމަށާއި، ގުރުލާނަމަ ކޮމިޝަންގެ ފޭސްބުކް އެކައުންޓުން ލައިވްކޮށް ދައްކާނެ ކަމަށެވެ.

