އިސްލާމިކް ލިޑާރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފިއެވެ.
މި ޕްރިގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާއި، ދެމެދުގެ އަންހެނުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމަގައި ލިޑާރޝިޕް ދާއިރާގެ އެތައް ބައިވަރު ޝެޝަންތަކެއް ކުރިއަށްދާނެ ކަމަށާއި، އެންމެ މޮޅު ލިޑާރ ޝިޕް ސިފަތައް ދައްކައިދޭ 10 ބައިވެރިންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުސްމެންޓްސް ޔޫތު ލިޑާރޝިޕް އެމްބެސެޑާރގެ މަގާމް ދެވޭނެ ކަމަށް ވެސް ވަނި ބުނެފައެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ ޖޫން 5 އަދި 6 އެއްވާ ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށް ވެސް މިނިސްޓްރިން ބުނެއެވެ.
ޕްރޮގްރާމް ކުރިއަށްދާނީ ސަލްމާން ރަސްގެފާން މިސްކިތު ހޯލުގަ (5 ވަނަ ފަންގިފިލާ) ގައެވެ.


