logo

10 ރިސޯޓް ހަދައިގެން 10 ޑޮލަރުވެސް ރައްޔިތަކަށް ނުދެވޭނެ، ސަރުކާރުން ހަދާ ކޮންމެ ދޮގެގެއްގަ 20 ފޫޓް 40 ފޫޓް އެބަހުރި: ޣަފޫރު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ރާއްޖޭގައި 10 ރިސޯޓް ހަދައިގެން 10 ޑޮލަރުވެސް ދިވެހި ރައްޔިތަކަށް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މެންބަރު އަބްދުއްޣަފޫރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށްފަހު ދިވެހިޗެނަލް އަށް ދިން ޙާއްސަ އިންޓަވިއުއެއްގައެވެ. އެގޮތުން ޢަފޫރު ވިދާޅުވީ ތަރައްްގީގެ މަޝްރޫއަށް އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށާއި، އެމްޑީޕީ ސަރުކަރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތް ހުންނާނީ ވަރަށް ރަގަނޅަށް ނިންމާފައި ކަމަށެވެ. މިއަދުގެ ސަރުކާރުން ދަނީ ކަނޑައެޅިގެން ބޮޑެތި ދޮގު ހައްދަމުން ކަމަށެވެ. އެހެންކަމުން އޭގެ ދޮގެއްގައި ަ 20 ފޫޓް 40 ފޫޓް ހުންނަ ކަމަށްވެސް ޢަފޫރު ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް ލޮޅުން އަރާފައިވާ ކަމަށެވެ. އިގްތިސާދީ ދުވެލި އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ފާހަގަކުރެއްވީ އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގިއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަން މަޖިލީހުގެ ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން އެކަން ފާސްކުރެއްވީ ކޮންމެހެން ރަނގަޅު ނިޔަތެއްގައި ނޫން ކަމަށެވެ. އެއީ ވެސް ވީހާވެސް ގިނަދުވަހު ވެރިކަމުގަ ތިބުމައްޓަކާ ޖަހާ މަޅިއެއްކަމަށްވެސް ވިދާޅުވިއެވެ.

ad