ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފިއެވެ.
ސައިކަލުގެ ފޮޓޯ އާނުމުކޮށ ްފުލހުން ބުނެފައިވަނީ ފޮޓޯގައިވާ ސައިކަލަކީ 2025 ޖުލައި 13 ވަނަ ދުވަހު މާލޭގެ ކޯރުކެނޑިމަގާއި ބުރުޒުމަގު ގުޅުނު ކަންމަތިން ފުލުހުން ހުއްޓުވި ސައިކަލެއް ކަމަށާއި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އިންޖީނު ނަންބަރު ނުފެންނާނެހެން ކަހާލާފައިހުރުމުގެ ސަބަބުންކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބެލި ބެލުމުން، އެ ސައިކަލުގައި ބޭނުންކޮށްފައިވާ ރަޖިސްޓްރީ ނަންބަރަކީ އެ އުޅަނދުގެ އަސްލު ނަންބަރު ނޫންކަން ވަނީ ކަށަވަރު ކުރެވިފައިކަމަށާއި ސައިކަލުގެ ޗެސިސް ނަންބަރު ޗެކްކުރިއިރު، އެ ނަންބަރަކީވެސް ރަޖިސްޓްރީކޮށްފައިވާ އެއްވެސް އުޅަނދެއްގެ ނަންބަރަކާ ދިމާވާ ނަންބަރެއް ނޫންކަން ވަނީ ފާހަގަކުރެވިފައިކަމަށް ފުލހުން ވަނީ ބުނެފައެވެ.
ވީމާ، އާންމުކޮށްފައިވާ ފޮޓޯގައިވާ ސައިކަލުގެ ވެރިފަރާތުން ނުވަތަ އެ ސައިކަލާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންސްގެ ނަންބަރު 9444880 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދެއްވުމަށް ވަނީ އެދިފައެވެ.


