logo

ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދައިފިއެވެ.

އުމުރުން 48 އަހަރުގެ ދިވެހި މި ފަޅުވެރިޔާ މޫދަށް ފޭބި ފަހުން ޚަަބަރެއް ނުވެގެން، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މަޢުލޫމާތު ލިބިފައިވަނީ، މޭ 21ވަނަ ދުވަހުގެ 18:25ގައެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައަކަތް ފަށާފައެވެ.

މި ފަޅުވެރިޔާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް މިއަދު 08:25 ހާއިރު ހުޅުމާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮންނަ ވޯޓަރ ފެންސުގެ އަޑިންނެވެ. މި މީހާ ފެނުނު ސަރަހައްދަކީ ކިލަނބުވެފައިވާ ވިޒިބިލިޓީދަށް ސަރަހައްދެއްކެވެ.

ފަޅުވެރިޔާ ހޯދުމަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީގެ، ރެސްކިޔު ޓީމުތަކުން ވަނީ ހަރަކާތްތެރިވެފައެވެ.

ad