logo

ފޮރިން މިނިސްޓަރު އިރުތިޝާމް އިންޑިއާއަށް

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.

މިއީ ފޮރިން މިނިސްޓަރުކަމާ އިރުތިޝާމް ހަވާލުވެ ވަޑައިގެން ފަހުން ރާއްޖެއިން ބޭރަށް ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުގައި ޖައިޝަންކަރާއި އިރުތިޝާމް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އަދި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ރާއްޖެއާ އިންޑިއާއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ދަތުރުގައި ފޮރިން މިނިސްޓަރު އިރުތިޝާމްގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީ އާއި އެސިސްޓަންޓް ޑައިރެކްޓަރު އާމިނަތު ގުރައިޝާ ބައިވެރިވެވަޑައިގަންނަވަ އެވެ.

ad