logo

ޑްރޯނަކުން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
21 ގަޑިއިރު ކުރިން

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މެއި 24 ވަނަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ad