logo

މަސްދަޅު ކޭސް ދޫކުރާނީ ރޯދަ މަހު 15 އާ ހަމަޔަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް މަސްދަޅު ކޭސްތައް ދޫކުރާނީ ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް، ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މާލެ ސަރަޙައްދުގައި ބަހަން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ގައެވެ. މާލެ ސަރަޙައްދުގައި 15 މަރުކަޒުން މަސްދަޅު ކޭސް މި ހިނގާ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ދޫކުރިއެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ރޯދަ ހަދިޔާގެ މަސްދަޅު ކޭސް، މާލޭ ސަރަޙައްދުގައި މިހާރު ދޫކުރަމުންދާ އެމްސީއެލްޕީގެ ޕަބްލިކް ވަރކްސްއާއި، ހުޅުމާލޭ ފޭސް 1 އާއި އަދި ފޭސް 2 ގެ މިފްކޯގެ ފިހާރައިން ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރަމުންދާނެ ކަމަށެވެ.

ad