logo

ފުލުހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި ބޭނުން ކުރުމުން ޖިނާއީ ދައުވާއެއް ނުކުރެވޭނެ، އެއީ މީޑިއާ ކޮންޓްރޯލް ބިލުގެ ފައިދާ ނެގުން: އައިކު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ފުލުހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި ޖަހައިގެން ހަރުކަށި ފިޔަވަޅުއެޅޭނެ ކަމަށް ބުނުމަކީ މީޑިއާ ކޮންޓްރޯލް ބިލުން މީހުންނަށް ފިޔަފަޅުއަޅަން ފުލުހުން ކުރައްވާ ކަމެއް ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމް މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެއެވެ. ދިވެހިޗެނެލްގެ ހަވާސާގައި ވާހަކަ ދައްކަވަމުން އައިކް ވިދާޅުވީ ފުލުހުންނަށްވީތީ ވެސް ބޭނުން އެފަރާތްތަކަށް ގާނޫނީ އިމުގެ ބޭރުން ބޭނުން ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށެވެ. އަދި އޮކްޓޯމްބަރު ތިންވަނަ ދުވަހު ކުރިއަށްދިޔަ މުޒާހަރާއަށްފަހު ފުލުހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވެ ބާޔާން ނެރުމަކީ މިހާރު ތަސްދީކޮށްފައިވާ މީޑިއާ ކޮންޓްރޯލް ބިލުގެ ބޭނުން ކުރައްވަން ކުރައްވާ މަސައްކަތެއްގެ ގޮތުގައި ކަން ވަރަށް ބޮޑަށް ސާފްވާ ކަމަށެވެ. އައިކް މިފަދައިން ވިދާޅުވެފައިވާއިރު ފުލުހުން ވަނީ ބަޔާނެއް ނެރަފައެވެ. ފުލުހުން ނެރުނު އެ ބަޔާނުގައި ބުނީ ފުލުހުންގެ ފޮޓޯ ޖަހައިގެން އޮކްޓޯބަރ 03 ވަނަ ދުވަހުގެ ރޭ މާލޭގައި، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އޭގެތެރެއިން ބައެއް މީހުން ފުލުހުންނާއި ކުރިމަތިލައި، ގާނޫނާއި ހިލާފު ހަރަކާތްތަކެއް ހިންގަންފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ކުރުމުގައި ހަރަކާތްތެރިވާ ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، ހިންގާކަން ފާހަގަވެފައިވާކަމަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެއޮފިސަރުންގެ އާއިލާ އަށް ނަފްރަތު އުފެދޭގޮތަށާއި އެއޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު އެ ޚިދުމަތުގެ ފަރާތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. އަދި ފުލުހުންގެޚިދުމަތުގެ އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށާއި، ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމަށެވެ. އައިކް ވިދާޅުވީ އެބޭފުޅާ އަކީގާނޫނީ ވަކީލެއްކަަމަށާއި، ނަމަވެސް ވިސްނާ ވިސްނާ އެޅޭނެފިޔަވަޅެއް ހަމަނޭގުނު ކަމަށެވެ. އެހެންކަމުން ފުލުހުންގެ ފޮޓޯ އެއް ސޯޝަލް މީޑިއާގައި އާންމު ކުރުމަކީ ފުލުހުންނަށް ބިރުދެއްކުން ަ ކަމަށްނުވާއިރު، ސޯޝަލް މީޑިއާގައި ދައުރު ކުރާ ފޮޓޯއަކީ އާންމު ރައްޔިތުންގެ ޙިޔާލުފާޅުކުރުމާއި ސަރުކާރުގެއިދާރާތައް ޒިންމާދާރު ކުރުން ކަމަށެވެ. އެހެންކަމުން އެކަމަށް ޖިނާއީ އެއްވެސް ފިޔަވަޅެއް އެޅޭނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ގަބޫލު ކުރައްވަނީ މިއީ ހަމަ މިޑިއާ ކޮންޓްރޯލް ބިލުގެބޭނުން ފުލުހުން ހިފަން މަސައްކަތް ކުރައްވަނީ ކަމަށެވެ.

ad