logo

ހައްޖުވެރިންގެ ތިން ވަނަ ގްރޫޕް ރާއްޖެއަށް

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ދިވެހި ޙައްވެރިންގެ ތިންވަނަ ގްރޫޕް ރާއްޖެއަށް އައިސްފިއެވެ. ތިންވަނަ ފްލައިޓުވެސް އެހެން ފްލައިޓުތަކެކޭ އެއްގޮތަށް ފުރާފައިވަނީ މަދީނާއިންނެވެ.ސައުދި އެއަރލައިންގެ މި ފްލައިޓަކީ މިއަހަރު ރާއްޖެއަށް އެ އެއަރލައިން މެދުވެރިކޮށް ހައްޖާޖީން އަންނަ ފަހު ފްލައިޓެވެ. ޙައްޖުވެރިންގެ ތިންވަނަ ފްލައިޓް ނައްޓާލީ ސައުދީ ގަޑިން 09:00 ގައެވެ. ލަންކާއަށް ޓްރާންސިޓްކުރުމަށްފަހު، ރާއްޖެ އައިސްފައިވަނީ ރޭގަނޑު 8:40 ހާއިރުއެވެ.

މިއަދު ރާއްޖެ އައިސްފައި ވަނީ 271 ހައްޖުވެރިއެކެވެ. ދިވެހި ހައްޖުވެރިންގެ ފަހު ގްރޫޕް މާދަމާ އަންނާނެއެވެ. މި ގްރޫޕް ރާއްޖެ އަންނާނީ މިރޭ ސައުދީ އެއާލައިންގެ މަތިންދާ ބޯޓެއްގައެވެ. ހައްޖުވެރިން ދަތުރު ކުރަނީ މޯލްޑިވިއަންގެ އިތުރުން ސައުދިއާ އެއާލައިނުންނެވެ.

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އައީ މިދިޔަ ހުކުރު ދުވަހުގައެވެ. އެ ފްލައިޓުން 240 އަށް ވުރެ ގިނަ ހައްޖާޖީން ރާއްޖެ އައިސްފައިވެއެވެ. ދެވަނަ ގްރޫޕް އާދީއްތަ ދުވަހު އައިސްފައިވާއިރު، އެ ފްލައިޓްގައި 262 ހައްޖުވެރިން އައިސްފައި ވެއެވެ. ތިން ވަނަ ގްރޫޕް އައިސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަދި ހަތަރު ވަނަ ގްރޫޕް މިއަދު އަންނާނެއެވެ.

ދިވެހި ހުރިހާ ހައްޖުވެރިންވެސް ހައްޖުގެ އަޅުކަމަށް ސައުދި އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވިއެވެ.

ad