ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް 50 ރަށަކުން ކުރިމަތި ލައިފިއެވެ.
ތިމާވެށި ޙިމާޔަތްކުރުމަށާއި، ދިވެހިންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ. ޖުމްލަ 7 ކެޓަގަރީއަކުން 50 ރަށަކުން މި އެވޯޑަށް ކުރިމަތިލާފައިވާއިރު، 11 އަތޮޅަކުން 14 ރަށެއް ވަނީ ދެވަނަ ބުރަށް ހޮވިފައެވެ.
"ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ ރަށްރަށުގެ އިވެލުއޭޝަން ދަތުރުތައް ރަސްމީކޮށް މިހާރުވަނީ ފަށާފައެވެ. މި އެވޯޑް އަކީ ތިމާވެށި ޙިމާޔަތްކުރުމަށާއި، ދިވެހިންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ.
މި އެވޯޑުގެ މައިގަނޑު މަޤްސަދަކީ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ރަށަށް ލޯބިކުރުމުގެ ރޫޙު އާލާކޮށް، ދެމެހެއްޓެނިވި ތަރައްޤީއާއި ފަތުރުވެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުމެވެ.

.jpg&w=256&q=75)
