logo

އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އަވަހާރަވެއްޖެ, ބަދަލުހިފާނަން: އީރާން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ އިޒްރޭލާއި އެމެރިކާ އިން އީރާނަށް ދިން ހަމަލާތަކުގައި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

އީރާނަށް 40 ދުވަހުގެ ހިތާމައިގެ މުއްދަތެއް ދޭން ވަނީ ނިންމާފަ އެވެ.

ޚާމަނާއީ އަވަހާރަވިކަން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅިފައިވާ ޚަބަރު ފަތުރާ އިދާރާއެއް ކަމަށްވާ ފާސް ނިއުސް އެޖެންސީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އައިއާރުޖީސީއަކީ އީރާންގައި އޮތް އެންމެ ވަރުގަދަ އަސްކަރީ ބާރެވެ.

ޚާމަނާއީގެ އިތުރުން އޭނާގެ އަންހެން ދަރިކަނބަލަކާއި ކާފަ ދަރިކަލަކު ވެސް އަވަހާރަވެފައިވާ ކަމަށް ފާސް ނިއުސް އެޖެންސީން ބުނެފައިވެއެވެ. އަދި އީރާނަށް ދިން ހަމަލާއެއްގައި އަންހެން ދަރިކަނބަލުންގެ ފިރިކަލުންނާއި ދަރިކަލުން ވެސް އަވަހާރަވިއެވެ.

ޚާމަނާއީގެ މަރުގެ ޚަބަރަކީ އީރާނުގެ ދުޝްމަނުންގެ "ނަފްސާނީ ހަނގުރާމައެއް" ކަމަށް އީރާނުގެ އޮފިޝަލުން މީގެ ކުރިން ސިފަ ކުރެއްވި އެވެ. ފާރސް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ އޭނާގެ އޮފީހުގައި މަސައްކަތް ކުރައްވަނިކޮށެވެ.

އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ. ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ޓްރަމްޕް ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ ޚާމަނާއީ އަވަހާރަކޮށްލެއްވީ ހަމައެކަނި އީރާނުގެ ރައްޔިތުންނަށް ނޫން ކަމަށާއި، އެމެރިކާގެ ހުރިހާ ރައްޔިތުންނަށް އިންސާފު ހޯދައިދިން ކަމަށެވެ.

ad