logo

ބަލިމީހުންގެ ނަމުގައި ހިންގާ "މެޑިކަލް ސްކޭމް" ތަކަށް ސަމާލުވުމަށް އެދިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ބަލިމީހުންގެ ނަމުގައި ހިންގާ "މެޑިކަލް ސްކޭމް" ތަކަށް ސަމާލުވުމަށް އެދިއްޖެއެވެ.

ފުލުހުން ބުނީ ފަހަކަށް އައިސް ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ ކަމަށާއި، ނަމަވެސް މީގެ ތެރެއިން ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެ

ސްކޭމަރުންގެ ގެންގުޅޭ އުކުޅުތައް ކަމަށް ފުލުހުން ބުނީ މީހުންގެ ފޮޓޯ ވަގަށް ނެގުމާއި، އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރާ ކަމަށެވެ.

އަދި މިހުންގެ އިހުސާސްތަކާ ކުޅެލުމާއި، ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމާއި، ފޯނު ކޯލް ބްލޮކްކުރުމާއި، ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނަގާ މެސެޖަށް ޖަވާބުދިނުން މިފަދަކަންތައްތައް ކޮށް އުޅޭ ކަމަށެވެ.

ރައްކާތެރިވާނީ ކޯލްކޮށްގެން ޔަގީންކުރުއްވުމާއި އެކު ފައިސާ ފޮނުވުމުގެ ކުރިން އެ ނަންބަރަށް ގުޅައި ވާހަކާއ ރިސާޗް ކުރި ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ބައްލެވުމަށް (Google Reverse Image Search ބޭނުންކުރެއްވިދާނެ ކަމަށެވެ.

އަދި އެފަދަ ޕޯސްޓްތައް ޝެއަރ ނުކުރެއްވުމަށާއި، ޔަގީންނުވާ ޕޯސްޓްތައް ޝެއަރ ކުރުމަކީ އިތުރު ބަޔަކު މީގެ މަޅީގައި ޖެހުމަށް ދެވޭ ދައުވަތެއް ކަމަށެވެ.

ad