logo

ލިޓަން މަރާލި މައްސަލަ ނިޒާމްގެ މައްޗަށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ވިލިމާލޭން ފުރި ތެޔޮ ދޯންޏަކުން ގެއްލިގެން ހޯދަން އިއުލާނުކުރި ބިދޭސީއެއް ކަމަށްވާ މުހައްމަދު ލިޓަން މަރާލި ކަމުގެ ދައުވާ އުފުލާފައިވާ މުހައްމަދު ނިޒާމުގެ މައްޗަށް ދައުވާ ކުރާ މައްސަލަ ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ގދ. ތިނަދުއަށް ނިސްބަތްވާ ނިޒާމާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓް، ޖެހިގެން އައި ދުވަހު އެއާޕޯޓް ނެރު ކައިރިން ފެނުނު އިރު އޭގައި އެއްވެސް މީހަކު ނެތެވެ. އެ ބޯޓުން ދަތުރުކުރި ނިޒާމާއި ލިޓަން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަނިކޮށް ނިޒާމު ފެނުނީ މާލެ ތެރެއިން އާންމު މީހަކަށެވެ.

ބަންގްލަދޭޝް މީހެއް ކަމަށްވާ 35 އަހަރުގެ މުހައްމަދު ލިޓަން، މަރާލި ކަމުގެ ތުހުމަތުގައި ގދ ތިނަދޫ, މަނާރު, މުހައްމަދު ނިޒާމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ފުރަތަމަ އިންކާރުކުރިއެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ވިލިމާލޭން ފުރި "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލީ އޭނާއަށް ނޭނގި މޫދަށް ކޮށްޕައި ވައްޓައިލައިގެންކަން ފުލުހުންގެ ތަހުގީގުން އޮތީ މީގެ ކުރިން ހާމަވެފައެވެ

މިއީ ގެއްލިފައިވާ މީހެއްގެ މައްސަލައިގައި މަރުގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ.

ad